logoEN
Sto top
ބީއެމްއެލް ވައު ކިޑްޒް ރަން މިއަހަރުވެސް ކާމިޔާބުކަމާއިއެކު ބާއްވައިފި

ބީއެމްއެލް ވައު ކިޑްޒް ރަން މިއަހަރުވެސް ކާމިޔާބުކަމާއިއެކު ބާއްވައިފި

އަހުމަދު ޝުރާއު

logo

9/13/2025, 7:36:54 AM

# ބީއެމްއެލް

-

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

Wamco

ހަތަރު އުމުރުފުރާއެއްގެ ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގައެވެ.

މިދުވުމުގެ އުމުރުފުރާތަކަކީ

  1. 2 އަހަރާއި 3 އަހަރާ ދެމެދު
  2. 4 އަހަރާއި 6 އަހަރާ ދެމެދު
  3. 7 އަހަރާއި 9 އަހަރާ ދެމެދު
  4. 10 އަހަރާއި 16 އަހަރާ ދެމެދު

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް އާއި ޗެއާޕަރސަން އަޙްމަދު ޢަލީ ހަބީބް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކުޑަކުދިންނާއި ބެލެނިވެރީންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި އިވެންޓުގެ މަގްސަދަކީ ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC