logoEN
Sto top
އޮބިއޮންނަވަރެއް ނުވި! މެންދުރު ފަހުގެ ޝޯތައްވެސް ހުޅުވާލާ "ކަނބުލޮ" މެކުހަށް!

އޮބިއޮންނަވަރެއް ނުވި! މެންދުރު ފަހުގެ ޝޯތައްވެސް ހުޅުވާލާ "ކަނބުލޮ" މެކުހަށް!

އަހުމަދު ޝުރާއު

logo

9/11/2025, 3:17:50 PM

# ސެޓާން ސްޓޫޑިއޯ

-

މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރި ދިވެހި ފިލްމް "ކަނބުލޮ" އަށް ތަރުޙީބު ބޮޑުވެ، މެންދުރުފަހުގައިވެސް ޝޯ ދެއްކުމަށް ހުޅުވާލައިފިއެވެ.

Wamco

މިހާރުވެސް އޮލިމްޕަހުގައި ރޭގަނޑު އަދި ދަންވަރު ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދުގައި އެކަނިވެސް މާލެ އާއި އަތޮޅު ތެރޭ ހިމެނޭހެން 56 ޝޯ އަޅުވައެވެ.

މި ފިލްމު އުފެއްދި ޕްރޮޑަކްޝަން ހައުސް، ސެޓާން ސްޓޫޑިއޯއިން ގާފަށް މައުލޫމާތުދޭގޮތުގައި އޮލިމްޕަހުގައި ގިނަ ޝޯތަކެއް އެޅުވުމަށް ތާވަލުކޮށްފައިވާ މި ފިލްމް ގެ ޑިމާންޑު ބޮޑުވެ، ހަފްތާ ބަންދާ ދިމާކޮށް ދަންވަރުގެ ޝޯތައް ހުޅުވާލައިފައިވީ ނަމަވެސް، އެ ޝޯތައްވެސް ފުލް ވެފައިވާތީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ޝޯއެއް އެޅުވުމަށް ޓީމުން ވަނީ ނިންމާފައެވެ. އަދި މި ޝޯގެ ޓިކެޓް މިއަދު 13:00 އިން ފެށިގެން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ލިބޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެއެވެ.

މިފިލްމްގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.

"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް "ކަމަނަ" ފިލްމުގެ ޕްރޮޑިއުސާރ އަލީ ޝާނިޒް މުހައްމަދު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC