logoEN
Sto top
ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

9/11/2025, 9:59:50 AM

# އެޑިއުކޭޝަން މިނިސްޓްރީ

-

2026 ވަނަ އަހަރުގެ ފެބުރުވަރީ އަދި މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

Wamco

މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.

ފޯމް ބަލައިގަތުމާއި ދޫކުރުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެދުނު 08:30 އިން މެންދުރު 13:30 އަށެވެ.

އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ,mv އަށް މެއިލް ކުރެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC