
-
ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭއާއި ކަނޑުހުޅުދޫގައި ބޭންކް އޮފް މޯލްޑީވްސްގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

އެދެ ރަށުގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަރިހުގައި ބީއެމްއެލްގެ އިސްވެރިންންނާއި އެދެރަށުގެ ކައުންސިލްގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދެރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށާފައިމިވަނީ ސަރުކާރާއި ގުޅިގެން އެބޭންކުން ކުރިޔަށްގެންދާ "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 40 އަށްވުރެ ގިނަ ބްރާންޗް، 140 އަށްވުރެ ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 200 އަށްވުރެ ގިނަ އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
.png&w=3840&q=75)
ބީއެމްއެލްގެ އެމެކްސް ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް 50،000 ބީއެމްއެލް ރިވާޑް ޕޮއިންޓްސް ލިބޭ ޕްރޮމޯޝަނެއް!
