logoEN
Sto top
ރާއްޖޭގައި އެންމެ ގިނައިން ބެނުންކުރާ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އެސްޓިއޯ މެދުވެރިކޮށް ގަނޑުކޮށް ރާއްޖެ އެތެރެކޮށް ވިއްކަން ނިންމައިފި

ރާއްޖޭގައި އެންމެ ގިނައިން ބެނުންކުރާ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އެސްޓިއޯ މެދުވެރިކޮށް ގަނޑުކޮށް ރާއްޖެ އެތެރެކޮށް ވިއްކަން ނިންމައިފި

އަހުމަދު ޝުރާއު

logo

9/10/2025, 1:36:37 PM

# ރައީސް މުއިއްޒު

-

އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އިތުރުކުރާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ގަނޑުކޮށް ގެނެސް، ވިއްކުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Wamco

މިކަން ހާމަކުރެއްވީ މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި އެމަނިކުފާނު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެމޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާކަމަށެވެ.

ރައީސް މިކަން ހާމަކޮށްފައިމިވަނީ ރާއްޖޭގެ ބާޒާރުގައި ބައެއް މޭވާއާއި ތަރުކާރީގެ އަގު ފާއިތުވެދިޔަ ދުވަސްތަކުގައި އުފުލިފައިވާ ދަނޑިވަޅެއްގައި އެވެ.

އެސްޓީއޯ އަކީ މިހާރުވެސް ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ފިޔާ ބިސް އަދި އަލުވި އެތެރެކުރާ ކުންފުންޏެވެ.އެކުންފުނިން މިހާރުވެސް އަންނަނީ ބާޒާރުގައި އަގުބޮޑު ތަކެތި ގެނެސެގެން އާއްމުންނަށް އަތްފޯރާ އަގެއްގައި ވިއްކަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC