logoEN
PNC TOP 3
ގަތަރަށް ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެކަން އެންގި!

ގަތަރަށް ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެކަން އެންގި!

އަހުމަދު ޝުރާއު

logo

9/9/2025, 1:46:32 PM

# ގަތަރު

ގަތަރަށް މިއަދު ވައިގެ މަގުން ދިން ހަމަލާދިނުމުގެ ކުރީން އެކަން އެމެރިކާއަށް ރަސްމީކޮށް އަންގާފައިވާކަމަށް އިސްރާއީލުގެ އިސް އޮފިޝަލުން ކަށަވަރުކޮށްދީފި އެވެ.

PNC MID 2

މެދުއިރުމަތީގެ ހަބަރުތައް ގެނެސްދެމުންދާ ބައެއް މީޑިއާތަކުން އިސްރާއީލުގެ އިސް އޮފިޝަލަކާއި ހަވާލާދީ ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޯޑަރަށަށް މިއަދު ގަތަރަށް ވައިގެ މަގުން ހަމަލާދިނުމުގެ ގަޑިތަކެއް ކުރީން އެކަން އިސްރާއީލު ސަރުކާރުން ރަސްމީކޮށް އެމެރިކާއަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް މިކަން އަދި މިހާތަނަށް އެމެރިކާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ހަމަލާދިން ސަރަހައްދުގައި ގަތަރުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަމުން އަންނަ އިރު ހަމަލާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ގަތަރަށް ދިން މި ހަމަލާއާއިއެކު ފާއިތުވި 30 ދުވަހުގެ ތެރޭގައި އިސްރާއީލުން މިވަނީ މެދުއިރުމަތީގެ 6 ގައުމަކަށް ވައިގެ ހަމަލާތަކެއް ދީފައި އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC