
ގަތަރުގެ ވެރިރަށް ދޯހާއަށް ވައިގެ ހަމަލާއެއް މިއަދު ދިނީ އިސްރާއީލުން ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.

އިސްރާއީލުގެ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާދިނީ އިސްރާއީލުންނެވެ. އެގޮތުން އިސްރާއީލުން ހަމަލާ އަމާޒުކުރީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނެވި ހަމާސްގެ އިސް މެމްބަރަކަށެވެ.
އެ މެމްބަރަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މިހާރު ގަތަރު އިސްވެ އޮވެ ކުރިޔަށްގެންދާ މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން އިސްކޮށް ހުންނެވި އޮފޮޝަލެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނަނީ އިސްރާއިލުގެ ވައިގެ އަސްކަރިއްޔާގެ ޖެޓުތަކެއް ގަތަރުގެ ވައިގެ ސަރަހައްދަށް ވަދެއެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ ޔަހޫދީންގެ މީޑީއާތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި މި ހަމަލާއަކީ ޔަހޫދީންގެ އިންޓެލިޖެންސާއި ވައިގެ އަސްކަރިއްޔާ ގުޅިގެން ހިންގި ކޯޑިނޭޓެޑް އޮޕަރޭޝަނެކެވެ.
ނަމަވެސް މި ހަމަލާ ދީފައިވަނީ ގަތަރާއި ގުޅިގެން ކަމެއް އަދި މިހާތަނަށް ހަމާކޮށްފައިނުވާއިރު ގަތަރުންވެސް މި ހަމަލާއާްއި ގުޅިގެން ރަސްމީ ބަހެއް އަދި މިހާތަނަށް ބުނެފައި ނުވެއެވެ.
ގުޅުންހުރި

ޤަޠަރުގެ އިޤްތިޞާދީ އިންގިލާބުގެ ބާނީ އަދި ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އަވަހާރަވެއްޖެ

ގަތަރަށް ދޭ ހަމަލާތައް އަދިވެސް ހުއްޓާނުލާ: ބާރުގަދަ ގޮވުންތަކުގެ އަޑާއިއެކު މުޅި ދޯހާ ހޭލާ!

ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި




