
ގަތަރަށް ވައިގެ ހަމަލާތަކެއްދީފައިވާ ކަމަށް ބޭރުގެ ރިޕޯޓުތަކެއް ބުނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވައިގެ ހަމަލާއެއް ދީފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ކަޓަރާ ޑިސްޓްރިކްޓަށެވެ.
އިސްރާއީލުގެ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާދިނީ އިސްރާއީލުންނެވެ. އެގޮތުން އިސްރާއީލުން ހަމަލާ އަމާޒުކުރީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނެވި ހަމާސްގެ އިސް މެމްބަރަކަށެވެ. އެ މެމްބަރަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް މިހާރު ގަތަރު އިސްވެ އޮވެ ކުރިޔަށްގެންދާ މަޝްވަރާތަކުގައި ހަމާސްގެ ފަރާތުން އިސްކޮށް ހުންނެވި އޮފޮޝަލެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނަނީ އިސްރާއިލުގެ ވައިގެ އަސްކަރިއްޔާގެ ޖެޓުތަކެއް ގަތަރުގެ ވައިގެ ސަރަހައްދަށް ވަދެއެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ ޔަހޫދީންގެ މީޑީއާތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި މި ހަމަލާއަކީ ޔަހޫދީންގެ އިންޓެލިޖެންސާއި ވައިގެ އަސްކަރިއްޔާ ގުޅިގެން ހިންގި ކޯޑިނޭޓެޑް އޮޕަރޭޝަނެކެވެ.
ނަމަވެސް މި ހަމަލާ ދީފައިވަނީ ގަތަރާއި ގުޅިގެން ކަމެއް އަދި މިހާތަނަށް ހަމާކޮށްފައިނުވާއިރު ގަތަރުންވެސް މި ހަމަލާއާްއި ގުޅިގެން ރަސްމީ ބަހެއް އަދި މިހާތަނަށް ބުނެފައި ނުވެއެވެ.
ގުޅުންހުރި

އެމެރިކާއިން ބުނަނީ ހަމަލާ ދިނުމުން ކުރީން އެމައުލޫމާތު ގަތަރަށް ދިން ކަމަށް: ގަތަރުން ބުނަނީ އެއީ ދޮގެއް ކަމަށް!

ހަމަލާދޭން އުޅޭކަން އެނގުނު، ގަތަރުގެ ފަސްގަނޑުގައި ދެން އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ގަތަރުގެ އަމީރަށް ޓްރަމްޕު ދީފި - އެމެރިކާ

އިސްރާއީލުން ދޯހާއަށް ދިން ހަމަލާގައި ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި - ގަތަރު
