
މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު މަގާމުން ވަކިކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މިދިޔަ ޖުލައި މަހު މާލެއިން މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެމީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރެއް ކަމަށްވާ އައިޝަތު ޝިޔާޒާ (31އ) ހިމެނެއެވެ. ޝިޔާޒާއާއި އޭނާއާއިއެކު ހައްޔަރުކުރި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައި އެވެ.
އަދި މި މައްސަލައާއި ގުޅިގެން ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުވެސް ކުރި އެވެ.
ފުލުހުން މިއަދު ބުނީ ޝިޔާޒާގެ މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑުން އޭނާ ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅުންހުރި

މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު މަގާމުން ވަކިކޮށްފި

ގޭންގު ކުށްތަކުގެ ޤާނޫނުގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭ ގެ އެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފި
