.jpg&w=3840&q=75)
-
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރުންނާއި ޗެއާޕާސަންއަކު އައްޔަނުކޮށްފި އެވެ.

އެސްޑީއެފްސީއިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ ޗެއާޕާސަންއަކަށް ބޭންކް އޮފް މޯލްޑިވްސްގެސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އައްޔަނުކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން ބަދުރުއްދީން ހަސަން ހަމަޖައްސާފައިވާކަމަށްވެސް އެސްޑީއެފްސީން ވަނީ އިއުލާނުކޮށްފައި އެވެ.
ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެމްބީއޭ ހާސިލްކުރައްވާފައިވާ ބަދުރުއްދީން އަކީ ބޭންކިން އަދި ފައިނޭންޝަލް ސާވިސްގެ ދާއިރާއިން 13 އަހަރަށް ވުރެ ގިނަ ދުވަހުގެ މުހިންމު ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ބޭންކް އޮފް މޯލްޑިވްސްގައި 2012 ވަނަ އަހަރު މަސައްކަތް ކުރައްވަން ފެއްޓެވި އިރު، ރީޓެއިލް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރާއި، ރީޓެއިލް ބޭންކިންގެ ސީނިއާ މެނޭޖަރު، ހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް ފަދަ މުހިންމު މަގާމުތައް ފުރުއްވާފައި ވެއެވެ. ބަދުރުއްދީން އަކީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް އިން ޗާޓަޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އެކުންފުނީގެ ބޯޑަށް ޝަރީފް އާއި ބަދުރުއްދީންގެ އިތުރުން ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ބީއެމްއެލްގެ ހެޑް އޮފް ކާޑް ނެޓްވޯކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ މަގާމުގައި ހުންނެވި ފާތިމަތު ފަރިހަތު ވަހީދުވެސް ވަނީ އައްޔަނުކޮށްފައެވެ.
މި ބޭފުޅުންނާއެކު ބޯޑުގައި ތިއްބެވި ޑިރެކްޓަރުންނަކީ
1. އަލްފާޟިލް މުޙަންމަދު ޝަރީފް،
2. އަލްފާޟިލް ބަދުރުއްދީން ޙަސަން،
3. އަލްފާޟިލާ ފާޠިމަތު ފަރިހަތު ވަޙީދު،
4. އަލްފާޟިލާ ފާޠިމަތު އަޒްމާ
5. އަލްފާޟިލް އަހުސަލް މުޙައްމަދު،
6. އަލްފާޟިލާ ފާޠިމަތު ޔަމްނާ،
އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ދާދިފަހުން ބީއެމްއެލްއަށް ވިއްކާލާފައެވެ. ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމުގެ މަގްސަދަކީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގްތިސާދަށް ފުދުންތެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެސްޑީއެފްސީ، ބީއެމްއެލުން ގަތް ނަމަވެސް އެ ކުންފުނިން ހިންގަމުން އައި އެސްއެމްއީ ބޭންކުން ފޯރުކޮށްދެމުން ދިޔަ ލޯނުތައް ހަމަ އޭރު ވެސް ދެމުން ދިޔަ އިންޓްރެސްޓް ރޭޓުގައި ދަނީ ފޯރުކޮށްދެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިޔަން ރުފިޔާގެ ފައިނޭންސިންގް ދޫކުރުމެވެ. އަދި މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިންގް އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި 300 މިލިޔަން ރުފިޔާ އިންވެސްޓްކުރާނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެސްޑީއެފްސީގެ ޗެއާމަންއަކަށް ޝަރީފު، އެމްޑީއަކު ބަދުރުއްދީން!

ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި
