logoEN
Sto top
އައި.ސީ.އައި.އޭ 2025ގެ ދަށުން "ދިވެހި ރިފެރެންސިންގ" ވޯކްޝޮޕެއް ބާއްވަނީ

އައި.ސީ.އައި.އޭ 2025ގެ ދަށުން "ދިވެހި ރިފެރެންސިންގ" ވޯކްޝޮޕެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

9/2/2025, 5:48:25 PM

# އައިޔޫއެމް

-

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އަިއ.ޔޫ.އެމް)ގެ ފަރާތުން ކޮންމެ އަހަރުވެސް ބާއްވާ އިންޓަރނޭޝަނަލް ކޮންފެރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްޑްމަންޓްސް 2025 (އައި.ސީ.އައި.އޭ)ގެ ދަށުން "ދިވެހި ރިފެރެންސިންގ"ގެ ނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Wamco

ފޭސް-ޓު-ފޭސް އަދި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މި ވޯކްޝޮޕަކީ ދިވެހި ބަހުން ލިޔާ ލިޔެކިޔުންތަކުގެ ރިފެރެންސިންގްގައި ގެންގުޅެން ޖެހޭ ހަމަތަކާއި ގުޅޭގޮތުން މަޢުލޫމާތި ޙިއްސާކުރުމަށް ބޭއްވޭ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕްގައި ފެސިލިޓޭޓަރުންގެ ގޮތުގައި އަޒީޒާ އަފީފް އަދި ޑރ.އައިމިނަތު ރިޔާޒް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

19 ސެޕްޓެމްބަރ ވާ ހުކުރު ދުވަހުގެ 14:00-16:00 ކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ މެންދުރު 12 ގެ ނިޔަލަށް ހުޅުވާލެވިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC