
-
ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުގައި އޮތް 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެމްއޭސީއެލުން ބުނީ، ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓަކާ އެމްއޭސީއެލުން މީގެ ދެހަފްތާ ކުރިން ހަވާލުވެފައިވާކަމަށެވެ. އަދި އެ އެއަރޕޯޓުތަކާ ހަވާލުވީއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެކުންފުނިން ބުނެއެވެ.
ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ހުރިހާ އެއާޕޯޓެއްގެ ގްރައުންޑް އޮޕަރޭޝަންތައް މިހާތަނަށް ބަލަހައްޓަމުން އައީ އައިލެންޑް އޭވިއޭޝަނުންނެވެ. ނަމަވެސް މި އެއާޕޯޓުތަކާއި އެމްއޭސީއެލުން ހަވާލުވުމާއިއެކު އެ ނުވަ އެއާޕޯޓުގެ ގްރައުންޑް އޮޕަރޭޝަނާ ވެސް މިހާރު ވަނީ އެކުންފުންޏާއި ހަވާލުކޮށްފައެވެ.
މީގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންގެ ކަންކަން ވެސް މިހާރު ވާނީ އެމްއޭސީއެލް އަށް ބަދަލުކޮށްފައިކަމަށް އެމްއޭސީއެލުން ބުނެއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.
ގުޅުންހުރި

"ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026" ކާމިޔާބުކަމާއެކު ނިންމާލައިފި

އެމް.އޭ.ސީ.އެލް އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި

އެމްއޭސީއެލުންވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތެެއް ފަށައިފި





