
ބީއެމްއެލްއިން މާސްޓަރކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި
# ބީއެމްއެލް-
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮސްޓްރޭލިއާގެ މެލްބަން ގައި އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.

އިއްޔެއިން ފެށިގެން އޮކްޓޯބަރ 31 އަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިކުރެވޭނެއެވެ.
ބީއެމްއެލުން ބުނީ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބިވަޑައިގަންނަވާނެ ކަމަށާއި މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭ ކަމަށެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެކެވެ.
ގުޅުންހުރި

ރޯދަ މަހާ ދިމާކޮށް ބީއެމްއެލްގެ 'ރަން ފުރުސަތު' 2026 ފަށައިފި، ބޮޑު އިނާމަކަށް 100،000 ރުފިޔާ!

ބީއެމްއެލުން މެލޭޝިއާގެ ލެގޯލޭންޑަށް އާއިލީ ދަތުރެއް ހޯދުމުގެ ފުރުސަތުލިބޭ ޕްރޮމޯޝަނެއް ފަށައިފި

ބީއެމްއެލުން ސްވައިޕްގެ ބީޓާ ޓެސްޓިންގ ފަށައިފި





