logoEN
Sto top
މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށް ހާއްސަކޮށްގެން ހޭންޑްބޯޅަ މުބާރާތެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

9/1/2025, 3:53:10 PM

# ދިވެހިންގެ ހޭންޑްބޯލް

-

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މުޖުތަމައުއަށް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

"ދިވެހިންގެ ހޭންޑްބޯލް" އިން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ ކުރީކޮޅުގައެވެ.މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ.

މި މުބާރާތް އިންތިޒާމް ކުރާ "ދިވެހިންގެ ހޭންޑްބޯލް"ގެ އޮފިޝަލަކު ވިދާޅުވީ މި މުބާރާތަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި މަސައްކަތްތެރިންގެ މެދުގައި އެއްބައިވަންތަކަށް ވަރުގަދަކޮށް އަމިއްލަ ވަޒަނާއިދުރުގައި ތިބެގެން މުޖުތަމައުއާއި ސަގާފީ ގުޅުމުގެ އިހުސާސް އާލާކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި އޭގެ މައިގަނޑު މަގްސަދަކީ ދިވެހި މުޖުތަމައު ތެރޭގައި އޮންނަގުޅުން އިތުރަށް ބަދަހިކޮށްދޭ، މުއާމަލާތްކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

"ދިވެހިންގެ ހޭންޑްބޯލް ކަޕަކީ ހަމައެކަނި މުބާރާތެއް ނޫން. މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި މުޖުތަމައުގެ ގުޅުންބަދަހިކޮށްދޭ ޚާއްސަ ހަރަކާތެއް" އޮފިޝަލް ވިދާޅުވިއެވެ.

މި މުބާރާތުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މައްޗަށް އެކުލެވޭ ޓީމްތަކުން ބައިވެރިވެވޭއިރު މެލޭޝިއާގެ ސައްހަ ވިސާ ލިބިފައިވާކޮންމެ ދިވެއްސަކަށް ޓީމްތަކަށް ކުޅުމުގެ ފުރުސަތުލިބިގެންދާނެއެވެ. އަދި މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި ކޮންމެ ޓީމަކަށްވެސް ހާއްސަ ކުޅުންތެރިއްގެ ގޮތުގައި މެލޭޝިއާގެ ވިސާ ނެތް ކުޅުންތެރިޔަކު ބައިވެރިކުރެވޭނެ އެވެ.

މި މުބާރާތުގެ މެޗުތަށް ކުރިއަށްދާނީ, ބައިވެރިވާ ޓީމުތަކުގެ މެދުގައި ގްރޫޕް ސްޓޭޖް މެޗުތަކެއް ކުޅުމަށް ފަހު, ގްރޫޕް ސްޓޭޖުން އެންމެ މޮޅު ހަތަރު ޓީމު މެދުގައި ސެމީ ފައިނަލް ކުޅުމަށްފަހު މޮޅުވާ ދެ ޓީމްގެ ދެމެދުގައިފައިނަލް ކުޅޭގޮތަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހާއްސަ ޓްރޮފީއެއް އެރުވޭއިރު, މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް އަންނަ އޮކްޓޯބަރމަހު ކުރީކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު, މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތަން ކަށަވަރުކުރެވުމުން ފަހުން އިއުލާން ކުރެވޭނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތާ ގުޅޭ އިތުރުމައުލޫމާތު ހޯދުމަށް, އަދިސްޕޮންސަރ ކުރުމަށް @dhivehingehandball އިންސްޓަގްރާމް ޕޭޖަށް މެސެޖުކުރުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން އެދިލައްވައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC