
އިންޖިނިއަރުންގެ ދުވަސް: ތައުލީމީ އިދާރާތަކަށް ޚާއްސަކޮށްގެން އިންޖނޭރިންގ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް!
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ-
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ކުލަގަދަކޮށް ފާހަކުރުމަށް މުޅިރާއްޖޭގެ އެކި އެކި ތަޢުލީމީ އިދާރާތަކަށް ޚާއްސަކޮށްގެން އިންޖނޭރިންގ ދާއިރާގެ ކެރިއަރ ގައިޑެންސް ޕްރޮގްރާމްތަކާއި ސައިޓް ވިޒިޓްތަކެއް ކުރިއަށްގެންގޮސްފިއެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސް ނަގައިގެން މިނިސްޓްރީއޮފް އެޑިއުކޭޝަނާއި ދައުލަތުގެ އެސް.އޯ.އީ ތަށް ގުޅިގެން ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ސިޓީތަކުގެ ޔުނިވަރސިޓީ، ކޮލެޖްތަކުގެ ދަރިވަރުންނަށް ބޭއްވި މި ވިޒިޓްތަކަކީ ދާއިރާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންތަކެކެވެ.
މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގާ ސައިޓްތަކަށް ދަރިވަރުން ގެންގޮސް މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 28 ތަޢުލީމީ އެކި އިދާރާތަކަށް ޕްރޮގްރާމްތައް ވަނީ ހިންގާފައެވެ. އަދި އިތުރު ޕްރޮގްރާމްތަކެއް ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އެސް.އޯ.އީތަކުގެ ފަރާތުން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމްތައް
އެމް.ޓީ.ސީ.ސީގެ ފަރާތުން ބޮޑުތަކުރުފާނު މަގު ޑިވެލޮޕްމަންޓް ޕްރޮޖެޓްސަރަޙައްދުގައި ކުރިއަށްގެންދިޔަ ސައިޓް ވިޒިޓް
- ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
- ކަލާފާނު ސްކޫލް
އެމް.އޭ.ސީ.އެލް ގެ ފަރާތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ގެންދިޔަ ސައިޓް ވިޒިޓް
- ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
އެފް.ޑީ.ސީ ގެ ފަރާތުން އަމާން އުދެރެސް ޓަވަރުތަކަށް ހުޅުމާލެގައި ކުރިއަށް ގެންދިޔަ ސައިޓް ވިޒިޓް
- ޣާޒީ ސްކޫލް
ފެނަކަ ފަރާތުން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގި ސްކޫލުތަށް
- ހއ. އަތޮޅު ސްކޫލް
- ނ. އަތޮޅު ތަޢުލީމީ މަރުކަޒު
- ރ. ހުޅުދުއްފާރު ސްކޫލް
- ޅ. އަތޮޅު ތަޢުލީމީ މަރުކަޒު
- މ. އަތޮޅު ތަޢުލީމީ މަރުކަޒު
- ބ. އަތޮޅު ތަޢުލީމީ މަރުކަޒު
- ފ. އަތޮޅު ސްކޫލް
- ދ. އަތޮޅު ތަޢުލީމީ މަރުކަޒު
- ވޭމަންޑޫ ސްކޫލް
- ލ. ހިތަދޫ ސްކޫލް
- ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
އައްޑޫ ސިޓީގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހިންގުނު ސްކޫލްތައް
- ހިތަދޫ ސްކޫލް
- ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
- ނޫރާނީ ސްކޫލް
- ހިރާ ސްކޫލް
- ޝަރަފުއްދީން ސްކޫލް
- އައްޑޫ ހައި ސްކޫލް
- އިރުޝާދިއްޔާ ސްކޫލް
- ފޭދޫ ސްކޫލް
ފުވައްމުލައް ސިޓީ ގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމް ހިންގުނު ސްކޫލްތައް
- ފުވައްމުލަކު ސްކޫލް
- ޙާފިޒް އަޙްމަދު ސްކޫލް
- ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
- މުޙައްމަދު ޖަމާލުއްދީން ސްކޫލް
ސްޓެލްކޯގެ ފަރާތުން ކެރިއަރ ގައިޑެންސް ޕްރޮގްރާމް އަދި ޕަވަރ ހައުސްތަކަށް ކުރިއަށްގެންދިޔަ ސައިޓް ވިޒިޓްތައް
- މޯލްޑިވްސް ޕޮލިޓެކްނިކް
މި ޕްރޮގްރާމުތަކުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސިވިލި އިންޖިނިއަރިން،އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގގެ ދަރިވަރުންނަށް މާލެ-ތިލަފުށި ލިންކް ސައިޓް މިއަދު ވަނީ ދައްކާލާފައި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ މި ވިޒިޓްގައި ޤައުމީ ޔުނިވަރސިޓީގެ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމަކީ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ގައުމީ ފެންވަރުގައި ކުރިއަށްގެންދެވުނު ކާމިޔާބު ޕްރޮގްރާމެކެވެ.
ގުޅުންހުރި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!

ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކަށް!

.gif&w=3840&q=75)



