logoEN
Sto top
މޯދީ އާއި ރައީސް މުއިއްޒުގެ ކުރު ބައްދަލުވުމެއް ޗައިނާގައި!

މޯދީ އާއި ރައީސް މުއިއްޒުގެ ކުރު ބައްދަލުވުމެއް ޗައިނާގައި!

އަހުމަދު ޝުރާއު

logo

8/31/2025, 12:16:19 PM

# ރައީސް މުއިއްޒު

-

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ޗައިނާގެ ޓިއަންޖިންގައި އެވެ.

މި ކުރު ބައްދަލުވުމާއި ގުޅޭގޮތުން މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓިއަންޖިންގައި ކުރިޔަށްދާ އެސްސީއޯ ސަމިޓުގައި ރާއްޖޭގެ ރައީސް މުއިއްޒުއާ ބައްދަލުވެއްޖެ ކަމަށާއި އިންޑިޔާއިން ރާއްޖެއަށް ދޭ ތަރައްޤީގެ އެހީއަކީ، ދެގައުމުގެ ރައްޔިތުންނަށް ވަރަށް ފައިދާހުރި އެހީތަކެއް ކަމަށެވެ.

މޯދީއާއި ރައީސް މުއިއްޒުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިމިވަނީ ރައީސް މުއިއްޒު އިންޑީއާއަށް ކުރެއްވި ދަތުރުފުޅާއި މިދިޔަ މަހު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހުގައި އެވެ.

View post on Twitter

ޗައިނާގައި މިއަދު ފެށުނު ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ދުނިޔޭގެ ގިނަ ލީޑަރުންތަކެއް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެސް.ސީ.އޯ އަކީ ޔޫރޭޝިޔާ ސަރަޙައްދުގެ ސިޔާސީ، އިޤްތިޞާދީ އަދި ދިފާޢީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަޙައްދުގެ 6 ޤައުމަކުން އެކުލަވާލާފައިވާ ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމުޢިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ. ޖިއޯގްރަފީ އާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަޙައްދީ ޖަމުޢިއްޔާކަމުގައިވާ އެސް.ސީ.އޯ ގައި މިހާރު 10 މެންބަރު ޤައުމު ހިމެނެއެވެ. އަދި އޮބްޒަރވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ޤައުމުތައް ހަރަކާތްތެރިވެއެވެ. ދިވެހިރާއްޖެއަކީ އެސް.ސީ.އޯ ގެ ޑަޔަލޮގް ޕާޓްނަރެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC