
ކުޅުދުއްފުށީ ސިންތެޓިކް ޓްރެކުގެ މަސައްކަތް ދިގުލައިގެންދިޔަކަ ނުދޭނަން، މިއަހަރު އަމަލީ މަސައްކަތް ފަށާނަން - ރައީސް
# ރައީސް މުއިއްޒު-
ކުޅުދުއްފުށީ ސިންތެޓީކް ޓްރެކުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ހާމަކުރެއްވީ މިހާރު ހދ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުއްޓަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެތުލެޓިކްސްއަށް މަޝްހޫރު ކުޅުދުެއްފުށީގެ ސިންތެޓިކް ޓްރެކުގެ މަސައްކަތަށް އަލިއަޅުއްވަލައްވައި ރައީސް ވިދާޅުވީ އެމަޝްރޫއުއަކީ މީގެ ކުރީން އެކި ފަންޑުތަކާއި ގުޅުވައިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރި މަޝްރޫއެއް ކަމަށާއި ނަމަވެސް އެމަޝްރޫއު ދިގުލައިގެން ދާން ދެން ބޭނުންފުޅު ނުވާ ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިޔަށްގެންދިޔުމަށް ފިނޭންސް މިނިސްޓްރީން މިހާރު ގޮތްތަކެއް ކަނޑައަޅާފައިވާކަން ރައީސް މިރޭ ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް އެންމެ ލަސްވެގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ ގޮތުން ފައްޓަވަން ނިންމަވާފައިވާ ކަމަށާއި ބާރު ސްޕީޑެއްގައި މަސައްކަތް ކުރިޔަށް ގެންގޮސް މި މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށެވެ.
މި މަޝްރޫއު ނިމިގެންދިޔުމާއިއެކު އެރަށުގައި އެތުލެޓިކްސް ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސް އެތުލީޓުން ބިނާކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ތެރެއިން، ކުޅުދުއްފުށި ހިމެނޭހެން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ސިންތެޓިކް ޓްރެކު އެޅުމަށް ނިންމި އެވެ. ނަމަވެސް އެމަސައްކަތް ނުފެށި ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައި އެވެ.
ގުޅުންހުރި

ރައީސް ދެކަނބަލުންގެ އީދު ސަލާންކުރުން މާދަމާ ހެނދުނު 9 އިން ފެށިގެން މުލިއާގޭގައި!

އީދުގެ ތަހުނިޔާ މެސެޖުގައިވެސް ރައީސް ދެއްވީ މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަމުގެ ޔަގީންކަން!

އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

.gif&w=3840&q=75)



