logoEN
WAMCO TOP 1
ބީއެމްއެލްގެ އައު އޭޓީއެމްއެއް ހަނިމާދޫއަށް!

ބީއެމްއެލްގެ އައު އޭޓީއެމްއެއް ހަނިމާދޫއަށް!

އަހުމަދު ޝުރާއު

logo

8/25/2025, 6:58:18 AM

# ބީއެމްއެލް

-

ހދ. ހަނިމާދޫގައި އަލަށް ގާއިމުކުރި އޭޓީއެމް، ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ.

THE TRAVELLER AD

މި އޭޓީއެމް ރަސްމީކޮށް އިފްތިހާހްކޮށްދެއްވީ މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

ހަނިމާދޫގައި އައު އޭޓީއެމްއެއް ބަހައްޓާފައިމިވަނީ ކުރީން އެރަށުގައި ހުރި އޭޓިއެމް ހަނިމާދޫ އެއާޕޯޓު ސަރަހައްދުގައި ހުރުމާއިއެކު މިހާރު ކުރިޔަށްދާ އެއާޕޯޓު މަޝްރޫއުއާއިއެކު އޭޓީއެމް ހުރި ސަރަހައްދަށް އާންމުންނަށް ނުވަދެވޭތީ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 146 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 204 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC