logoEN
Sto top
ރަށު ފަތުރުވެރިކަމަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދެފި

ރަށު ފަތުރުވެރިކަމަށް ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުގައި އެދެފި

އަހުމަދު ޝުރާއު

logo

8/24/2025, 6:06:59 PM

# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވޮލީ ކޯޓަކާއި ހަނިމާދޫ ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި ލެބޯޓްރީ ވަޞީލަތްތައް ޤާއުމުކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ އިޤްތިސާދު ހަރުދަނާކުރުމަށް ކުރެވިދާނެ އެކި ކަންކަން ކައުންސިލުން ހުށަހަޅާފައިވެއެވެ. އެގޮތުން ގެސްޓް ހައުސް ނުވަތަ ރަށު ފަތުރުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިފަދަ މަސައްކަތްތަކަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ރަށުގައި ޑޮލަރު ނެގޭނެ ގޮތަކާއި އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް އެ ސަރަހައްދަށް ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC