logoEN
Sto top
ހިރިމަރަދޫއާއި ހަނިމާދޫ އެއްފަސްކުރުމަށް ބޭނުންވާ ގެދޮރާއި އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ދޮޅު އަހަރުން ނިންމާލެވޭނެ - ރައީސް

ހިރިމަރަދޫއާއި ހަނިމާދޫ އެއްފަސްކުރުމަށް ބޭނުންވާ ގެދޮރާއި އުމްރާނީ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ދޮޅު އަހަރުން ނިންމާލެވޭނެ - ރައީސް

އަހުމަދު ޝުރާއު

logo

8/24/2025, 11:00:23 AM

# ރައީސް މުއިއްޒު

-

ހިރިމަރަދޫ އާއި ހަނިމާދޫ އެއްފަސްކޮށް ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ހަނިމާދޫގައި ގާއިމްކުރުމުގެ މަސައްކަތް ދޮޅު އަހަރުން ނިންމާލެވޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

Wamco

ރައީސް މިކަން ހާމަކުރެއްވީ މިއަދު ހދ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލަކަށް މިއަދު ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

ހިރިމަރަދޫއަކީ މި ސަރުކާރުން އެއްފަސްކުރާ ފުރަތަމަ ރަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެއްވެސް ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ހިޖުރަކުރުމަށް މަޖުބޫރު ނުކުރާނެ ކަމަށާއި އެކަން ކުރާނީ އެރަށެއްގެ ރައްޔިތުން އެކަމަށް ބޭނުންވާކަމަށްވާނަމަ ކަމަށެވެ. އެގޮތުން ހިރިމަރަދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެއަތޮޅު ހަނިމާދޫއާއި އެއްފަސްކުރެވިގެންދަނީ ރައްޔިތުންގެ މުސްތަގްބަލު އުޖާލާކުރުމަށް ކަމަށާއި އެންމެ ރަނގަޅު ފެންވަރުގައި ހިދުމަތް ހޯދައިދިނުމަށްޓަކައި ކަމަށެވެ.

އެގޮތުން ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އެއްފަސްކުރުމަށްޓަކައި މިއަދު އެޗްޑީސީއާއިއެކު ސޮއިކުރެވިގެންދިޔަ މަޝްރޫއަކީ ހިރިމަރަދޫ ރައްޔިތުން ބޭނުންވާ ގޮތަށް އެރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް އެންމެ ފުރިހަމައަށް ގާއިމްކުރުމަށް ސޮއިކުރެވިގެންދިޔަ އެއްބަސްވުމެއްކަން ރައީސް ފާހަގަކުރެއްވި އެވެ. މިއަދު ސަރުކާރުން އެޗްޑީސީއާއިއެކު ސޮއިކޮށްފައިވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި އާބާދުވާ ސަރަހައްދުގައި ގޯތިގެދޮރާއި އުމްރާނީ ވަސީލަތްތައް ގާއިމްކުރުމަށެވެ.

ރައީސް ވިދާޅުވީ މި މަޝްރޫގެ ދަށުން ހިރިމަރަދޫގެ ހުރިހާ ރައްޔިތުންނަށް ގޯތި ލިބިގެންދާނެ ކަމަށާއި އެގޯތިތައް ތަރައްޤީކުރެވިގެންދާނި ކޮންމެ ގޯއްޗެއްގައި ގެދޮރުވެސް އެޅިގެން ކަމަށެވެ. އެގޮތުން ކައުންސިލްގެ ފަރާތުން މައުލޫމާތު ދޭގޮތުގައި 154 ގޯތި ހިރިމަރަދޫގެ ރައްޔިތުންނަށް ބޭނުންވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ އެއަދަދަށް ހަނިމާދޫގައި ހިރިމަރަދޫގެ ރައްޔިތުންނަށް ގޯއްޗާއިއެކު ގެދޮރު އެޅިގެންދާނެ ކަމަށެވެ. އަދި ގޯއްޗާއި ގެދޮރުގެ އިތުރުން ބަދަލުވުމުގެ ބަދަލެއްގެ ގޮތުގައި ފައިސާގެ އަދަދެއްވެސް ރަށުގެ ރައްޔިތުންނަށް ދެވިގެންދާނެކަން ރައީސް ހާމަކުރެއްވި އެވެ.

"އަމިއްލަ ގޯތީގައި މިވަގުތު ގެދޮރެއް ނެތަސް، ހުއްޓަސް އަޅުގަނޑުމެން އެއިން ކޮންމެ ގޯއްޗަކަށް ގޯއްޗެއް ލިބިގެންދާއިރު ގޯތީގައި ގެއްވެސް އެޅިފައި ހުންނާނެ " ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެޗްޑީސީއާއި މިއަދު ހަވާލުކުރެވުނު މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށި ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރެވޭނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC