logoEN
Sto top
އުކުޅަހު ކުދިންތަކެއްގެ ރައީސަށް ދިން މެސެޖުގައި އޮތީ "ގެސްޓުން ރަށު ތެރޭގައި އުޅެނީ އައްޗިކޮށް" ކަމަށް: ރައީސްގެ ޚާއްސަ އިލްތިމާސްއެއް!

އުކުޅަހު ކުދިންތަކެއްގެ ރައީސަށް ދިން މެސެޖުގައި އޮތީ "ގެސްޓުން ރަށު ތެރޭގައި އުޅެނީ އައްޗިކޮށް" ކަމަށް: ރައީސްގެ ޚާއްސަ އިލްތިމާސްއެއް!

އަހުމަދު ޝުރާއު

logo

8/20/2025, 6:13:28 PM

# ރައީސް މުއިއްޒު

-

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

Wamco

ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިހާރު އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިރޭ އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވަނީ އުކުޅަހަށް މިއަދު ވަޑައިގަތުމުން ތުއްތުކުއްޖަކު އެމަނިކުފާނަށް އެރުވި މެސެޖެއް ހިއްސާކުރައްވާފައެވެ. އެގޮތުން އެމެސެޖުގައި އޮތީ އެކުދީންނަށް ބީޗަށް ނުދެވޭ ކަމަށާއި ފަތުރުވެރިން އެރަށުގެ ބީޗުގައި އާއި ރެސްޓޯރަންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ "އައްޗި" ހެދުން ލައިގެން "އައްޗިކޮށް" ކަމަށެވެ.

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުންވެސް ބޭނުންވާކަމަށާއި، އެކަމަށް އެއްބާރުުލުންވެސް ސަރުކާރުން ދެއްވާނެކަމަށެވެ. ނަމަވެސް ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުންނާނެކަމަށެވެ. އެގޮތުން އިސްލާމްދީން ހުއްދަ ނުކުރާ އަދި ދިވެހީންގެ މާހައުލުގައި ހިނގައިގެން ނުވާނެ ކަންކަމުން ދުރުވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރު އިންތައް ހިފަހައްޓައި އިސްލާމް ދީން ބާރުއަޅާ މަގުން މުއްސަނދިކަން ހޯދުމަށް ރައީސް ގޮވާލެއްވިއެވެ.

ދިވެހީންނަކީ އިސްލާމްދީނުގައި ތިބިބައެއްކަން ޤަބޫލުކޮށް އަމިއްލަވަންތަކަން ހަނދާންކުރުމަށް ގޮވާލައްވަމުން ރައީސް ވަނީ، ސިކުނޑި ތަރަޢްޤީނުވާނަމަ އުމްރާނީ ތަރައްޤީން ލިބޭނެ ފައިދާއެއް ނޯންނާނެކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި މިއީ ލޯކަލް ޓޫރިޒަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރައްވާ އިލްތިމާސެއްކަން ފާހަގަކުރައްވަމުން، އިސްލާމް ދީނުގެ ހަމަތަކުގެ މަތީން އެމަސައްކަތް ކުރިއެރުވުމަށް ގޮވާލެއްވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC