
-
ބ. އަތޮޅު ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފުޅަދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަރައްޤީގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަނީ ޓޫރިޒަމް ދާއިރާ ކަމަށާއި، ފުޅަދޫއަކީ ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށަކަށްވުމުން، ސަރުކާރުގެ ސިޔާސަތަކަށް ވާނީ ޓޫރިޒަމް ފުޅާ ކުރުމަށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އާމްދަނީ ހޯދޭނެ ރަނގަޅު މެނޭޖްމަންޓް ޕްލޭނަކާއެކު އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިފދާޅުވިއެވެ.
ތަފްޞީލްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރުމުގެ މަޤްސަދަކީ އެ ރަށް ރަނގަޅަށް ބެލެހެއްޓި، އަދި އެ ރަށުން އެކަށީގެންވާ އާމްދަނީއެއް ފުޅަދޫ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މެނޭޖްމަންޓު ޕްލޭނުގެ ތަފްޞީލުތަކުގެ ތެރޭގައި އިންނަފުށި ބަލަހައްޓާނެ ގޮތާއި، އާމްދަނީ ލިބޭނެ ގޮތުގެ ތަފްޞީލުތައް ހިމެނޭނެ ކަމަށެވެ. އަދި ކައުންސިލަށް ލިބޭނެ އާމްދަނީގެ އިންސައްތައާއި، ދައުލަތަށް ލިބޭނެ އިންސައްތަ ކަނޑައެޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކަމަށެވެ. ރައީސް ވަނީ ފުޅަދޫގެ ތަރައްޤީ އަށް ސަރުކާރުން ކުރަން ނިންމާފައިވާ ގިނަ ކަންތައްތަކުގެ ތަފްޞީލް ވެސް ދެެއްވާފައެެވެ.
ގުޅުންހުރި

ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކޮށްދެއްވާނަން - ރައީސް

ފުޅަދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
.jpg&w=3840&q=75)
ހުރިހާވެސް ޝައުގެއް ހުރީ ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށް - ރައީސް
