
--
ބ ގޮއިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އައު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ޚިދުމަތް ފަށައިފި އެވެ.

މި ހިދުމަރް ރަސްމީކޮށް ފަށާފައިވަނީ މިހާރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ގޮއިދޫއަށް ވަޑައިގެންނެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ގޮއިދޫގައި ފެށިގެން ދިޔަ ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލުން ވިދާޅުވީ މުޅި ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ގޮއިދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފުކުރެވުމަކީ ލިބުނު އުފަލެއް ކަމަށާއި މި ޚިދުމަތުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޑިޕޮސިޓް ކުރުމާއި ފައިސާ ދެއްކުން ފަދަ ދުވަހުން ދުވަހަށް ކުރަންޖެހޭ ބޭންކިންގ މުޢާމަލާތްތައް ފަސޭހަކަމާއެކު 24 ގަޑިއިރު ކުރެވޭނެ ކަމަށެވެ.
ގޮއެދޫގައި ގާއިމުކުރެވުނު އޭޓީއެމްގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
ރައީސް މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބީއެމްއެލްގެ މި ހިދުމަތް އެއަތޮޅު ކަމަދޫއާއި ކުޑަރިކިލުގެ އިތުރުން ކެންދޫގައި ވެސް ވަނީ ފަށާފައި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 189 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.
ގުޅުންހުރި

ރައްޔިތުންނާ ގާތަށް މާލީ ޚިދުމަތްތައް ގެންދިއުމަށް ބޭންކުން ފަށާފައިވާ މަޝްރޫޢަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށް ޝަރީފުގެ ޝުކުރު!

މާޅޮހުގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި: މިހާރު ބ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އޭޓީއެމް ހިދުމަތް ލިބޭނެ!

ކިހާދޫގައިވެސް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި
