logoEN
Sto top
ހެނދުނާއި ހަމައަށް މޫސުން ގޯސް: ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

ހެނދުނާއި ހަމައަށް މޫސުން ގޯސް: ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

8/2/2025, 6:56:24 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މިރޭވެސް ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް މާދަމާގެ ހެނދުނު 06:00 އާއި ހަމައަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިދިޔަ އަންގާރަ ދުވަހުން ފަށައިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކޮށްފައި އެވެ. އެގޮތުން ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. މިއާއިއެކު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC