logoEN
WAMCO TOP 1
ބާރުގަދަ ބިންހެލުމާއިއެކު ރަޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައިފި

ބާރުގަދަ ބިންހެލުމާއިއެކު ރަޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައިފި

އަހުމަދު ޝުރާއު

logo

7/30/2025, 12:16:42 PM

# ރަޝިޔާ ބިންހެލުން

މިއަދު ހެނދުނު އައި ބާރު ގަދަ ބިންހެލުމަށްފަހު ރަޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައިފި އެވެ.

THE TRAVELLER AD

ރަޝިއަން އެކަޑަމީ އޮފް ސައިންސަސްގެ ޖިއޮފިޒިކަލް ސާވިސްގެ ލޯކަލް ބްރާންޗާއި ހަވާލާދީ ރަޝިއާގެ އާރްއައިއޭ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދު އައި ބިންހެލުމާ ގުޅިގެން ދުރު ކަމްޗަޓްކާ ސަރަހައްދުގައި ވާ ކްލިއުޗެވްސްކޯއީ އަލިފާން ފަރުބަދަ މިހާރު ވަނީ ގޮވަން ފަށާފައި އެވެ،

މިއީ ގާތްގަނޑަކަށް 181،000 މީހުން އުޅޭ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީއާ 280 މޭލު ދުރުގައި ހުންނަ ފަރުބަދައެކެވެ.

ބިންހެލުން އައި ސަރަހައްދުގައި ހުންނަ އަލިފާން ފަރުބަދަ ގޮވާފައި މި ވަނީ ރަޝިއާގެ އިރުމަތީ ކަމްޗަޓްކާ ޕެނިންސިއުލާގެ އައްސޭރިފަށަށް 8.8 މެގްނިޓިއުޑްގައި އައި ބިންހެލުމަށް ފަހުގަ އެވެ.

އެ ބިންހެލުމުގެ ސަބަބުން ޕެސިފިކް އައްސޭރިފަށުގެ އެކި ސަރަހައްދުތަކުން މީހުން ހުސްކޮށް ސުނާމީގެ އިންޒާރުތައް ދިން ނަމަވެސް ބޮޑު ގެއްލުމެއް ނުވެ މިހާރު ވަނީ ސުނާމީ އިންޒާރު އުވާލައިފަ އެވެ.

ކޮމެންޓް
ފަހުގެ
HDC