
-
ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސަޢޫދީ ސަފީރު ވަނީ ދެ ޤައުމުގެ ޒަމާންވީ، އުޚުވަތްތެރި، ބަދަހި ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި ދީލަތި އެހީގެ އަގުވަޒަންކުރައްވަނީ އިޚުލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ސައުދީއިން ރާއްޖެއަށް ސަފީރުގެ ގޮތުގައި ހަމަޖެއްސެވީ ދާދި ފަހުންނެވެ. އެގޮތުން މަގާމާއި ހަވާލުވުމަށްފަހު ސަފީރު ގެންދަނީ ސަރުކާރުގެ އިސްވެރިންނާއި ވުޒާރާތަކުގެ ވަޒީރުންނާއިވެސް ބައްދަލުކުރައްވަމުންނެވެ.
ގުޅުންހުރި
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާތަކެއް އަމާޒުވެއްޖެ

އުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 42 އުމްރާވެރިޔަކު މަރުވެއްޖެ
.webp&w=3840&q=75)



