logoEN
Sto top
ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ވެރިރަށް ޑާކާގެ ކޮލެޖް ކެމްޕަހަކަށް ވެއްޓިއްޖެ: އެކަކު މަރުވެ ގިނަ ބަޔަކަށް ފަރުވާދެނީ

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް ވެރިރަށް ޑާކާގެ ކޮލެޖް ކެމްޕަހަކަށް ވެއްޓިއްޖެ: އެކަކު މަރުވެ ގިނަ ބަޔަކަށް ފަރުވާދެނީ

އަހުމަދު ޝުރާއު

logo

7/21/2025, 10:22:57 AM

# ބަންގްލަދޭޝް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކޮލެޖް ކެމްޕަހަކަށް ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ޓްރެއިނިން މަތިންދާބޯޓެއް ވެއްޓި އެކަކު މަރުވެފައިވާކަމަށް ރޮއެޓާސްއިން ރިޕޯޓުކޮށްފި އެވެ.

Wamco

ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޑާކާގެ އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ އުއްތަރަގަ އެވެ.

އެގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ބާން އެންޑް ޕްލާސްޓިކް ސާޖަރީގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ މީހުން ވަނީ ފިހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ މަރުވި މީހުންގެ އަދަދު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް ބަންގްލަދޭޝްގެ ފަޔާ ޑިޕާޓްމެންޓުން ވަނީ މިވަގުތާއި ހަމައަށް އެކަކު މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައި އެވެ.

View post on Twitter

ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ބެލުމަށާއި "ހުރިހާ ބާވަތެއްގެ އެހީތެރިކަން ކަށަވަރު ކުރުމަށް" "އަޅަންޖެހޭ ފިޔަވަޅުތައް" އަޅާނެ ކަމަށެވެ.

މިހާދިސާ ހިނގާފައިމިވަނީ އިންޑިއާގެ އަހްމަދުއާބާދު ސިޓީގެ މެޑިކަލް ކޮލެޖް ހޮސްޓެލަކަށް އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. އިންޑިއާގައި ހިނގި ހާދިސާގައި މަތިންދާބޯޓުގައި ތިބި 242 ފަސިންޖަރުންގެ ތެރެއިން 241 ފަސިންޖަރުންނާއި މެޑިކަލް ކޮލެޖުގައި ތިބި 19 މީހަކު މަރުވެފައިވާއިރު އެއީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ދުނިޔޭގައި ކުރިމަތިވި އެންމެ ނުރައްކާތެރި އޭވިއޭޝަން ކާރިސާއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC