.webp&w=3840&q=75)
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު ސަރޖަރީތަކެއް ކޮށްފި
# ކުޅުދުއްފުށި ސިޓީ--
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކަކޫ ބަދަލުކުރުމުގެ ކާމިޔާބު ސަރޖަރީތަކެއް ކޮށްފިއެވެ.

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ކަކުލުހުޅު ބަދަލުކުރުމަށް އެ ހޮސްޕިޓަލުގައި މި މަހުގެ 16 އިން 19 އަށް ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީ.ކޭ.އާރު) ނަމުގައި ކޭމްޕެއް ބާއްވާފައި ކަމަށެވެ.
އަދި އެކޭމްޕުގެ ތެރެއިން ޖުމްލަ 9 މީހެއްގެ 11 އޮޕަރޭޝަންކޮށްފައިވާ ކަަމަށެވެ. އެގޮތުން 7 ފަރާތެއްގެ އެއް ކަކޫ އަދި 2 ފަރާތެއްގެ 2 ކަކުލުގެ ހުޅު ބަދަލުކުރެވިފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.
މި ކޭމްޕުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ސާރޖަރީ ޑިޕާރޓްމެންޓްގެ ހެޑް އަދި ކަށީގެ ޚާއްސަ ޑަކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝަކޫރެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ މި ކޭމްޕްގައި އަމަލީގޮތުން ހަރަކާތްތެރިވި ޑަކްޓަރުންނާއި ނަރުހުންގެ އިތުރުން އިދާރީ މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ގުޅުންހުރި

ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ އެޙީތެރިކަން މުހިންމު: ފަލާހު

މަސްތުވާތަކެއްޗާއިއެކު ކުޅުދުއްފުށިން މީހަކު ހައްޔަރަށް!

.gif&w=3840&q=75)



