logoEN
Sto top
މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މިރޭ، މަޢުޟޫޢުއަކީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް'!

މަވައްދަތު ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މިރޭ، މަޢުޟޫޢުއަކީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް'!

އަހުމަދު ޝުރާއު

logo

7/18/2025, 11:29:07 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ކައިވެންޏާއި ގުޅޭ ކަންކަމަށް ހޭލުންތެރިކަން އިތުުރުކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'މަވައްދަތު' ސިލްސިލާގެ ހަތަރު ވަނަ ފޯރަމް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.

Wamco

މި ފޯރަމް ކުރިއަށްދާނީ ރޭގަނޑު 20:00 އިން 22:30 އަށެވެ. މި ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ 'ދެމަފިރިންގެ ޙައްޤުތަކާއި ވާޖިބުތައް' މި މަޢޫޟޫއަށެވެ.

މި ފޯރަމްގައި ބައިވެރިވެލައްވާނީ އައްޝައިޚް ނިމާލު މުޙައްމަދު، އައްޝައިޚް އަޙްމަދު މަޢުސޫމް އަދި އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ.

މި ސިލްސިލާގެ ތިން ފޯރަމެއް މިހާތަނަށް ބާއްވާފައިވާއިރު، މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި އަލިއަޅުއްވާލާފައިވަނީ "ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށެވެ. އަދި މި ސިލްސިލާގެ ދެވަނަ ފޯރަމްގައި "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއަށް އަލިއަޅުވާލާފައިވާއިރު ތިން ވަނަ ފޯރަމްގައި އަލިއަޅުވާލާފައިވަނީ "ކައިވެނި ކުރެވުމާއެކު" މި މަޢުޟޫއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC