
ސަރުކާރު ސްކޫލުތަކުގެ ފައުންޑޭޝަން އާއި ގްރޭޑް 1 އަށް ކުދިން ވެއްދުމަށް ހުޅުވާލައިފި
# އެޑިއުކޭޝަން މިނިސްޓްރީ--
2026 ވަނަ އަހަރުގެ ދިރާސީ އަހަރު، ސަރުކާރު ސްކޫލުތަކުގެ ފައުންޑޭޝަން އާއި ގްރޭޑް 1 އަށް، ކުދިން ވެއްދުމަށް މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައި ވަނީ 15 ޖުލައިން 2025 އިން 31 އޮގަސްޓް 2025 ގެ ނިޔަލަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުދިން ސްކޫލަށް ވެއްދުމަށް މިނިސްޓްރީ އިން ދުރާލާ އިޢުލާން ކުރުމުގެ މަޤްޞަދަކީ ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް އެކަމުގެ ފުރިހަމަ މަޢުލޫމާތު ލިބި، ލުއި ފަސޭހަތަކެއް ހޯދައި ދިނުމެވެ. އަދި ސްކޫލަތަކަށް ދަރިވަރުން ވެއްދުމަށް ބެލެނިވެރިން އުފުއްލަވާ ބުރަ ލުއިކޮށްދިނުމަށާއި، ދަރިވަރުންނަށް އާ ސްކޫލް މާޙައުލަށް އަހުލުވެރިކޮށް، ސްކޫލްގެ ތަޢާރަފް ދިނުމަށާައި، ބެލެނިވެރިންނާއި ދަރިވަރުން ދުރާލާ ތައްޔާރުވެ، ކަންބޮޑުވުމެއް ނެތި ޗުއްޓީއަށް ދެވޭހެނެހެން ކަންކަން ތަރުތީބުކުރުން ކަމަށެވެ.
ޅަފަތުގެ ތަޢުލީމު ފަށާ ގުރޭޑް ކަމުގައިވާ، އެލް.ކޭ.ޖީ އަށް ވެއްދޭނީ 31 ޑިސެމްބަރ 2025 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.
ހަމައެހެންމެ ކީ.ސްޓޭޖް 1 ފަށާ ގުރޭޑް ކަމުގައިވާ، ގުރޭޑު 1 އަށް ވެއްދޭނީ 31 ޑިސެމްބަރ 2025 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށެވެ.
އެލް.ކޭ.ޖީ އަށާއި ގުރޭޑު 1 އަށް އަލަށް ވައްދާ ދަރިވަރުންގެ އެންމެހައި ކަންކަން މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ކޮށްނިންމުމަށް މިނިސްޓްރީ އިން ވަނީ ސްކޫލުތަކަށް އަންގާފައެވެ. ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ގުޅުންހުރި

ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިސާބު މާއްދާ އުނގަންނާދޭނެގޮތުގެ ތަމްރީނެއް!

ސެން ޓީޗަރުން ތަމްރީނު ކުރުމަށް އައި.ޔޫ.އެމް އާއި ވިލާ ކޮލެޖުން ފުރުޞަތު ހުޅުވާލައިފި
