logoEN
Sto top
ސީރިއާ އަސްކަރިއްޔާގެ މައި މަރުަކަޒަށާއި ދިފާއީ ވުޒާރާއަށް ޔަހޫދީން ހަމަލާދީފި

ސީރިއާ އަސްކަރިއްޔާގެ މައި މަރުަކަޒަށާއި ދިފާއީ ވުޒާރާއަށް ޔަހޫދީން ހަމަލާދީފި

އަހުމަދު ޝުރާއު

logo

7/16/2025, 10:12:20 AM

# ސީރިއާ - އިސްރާއީލް

ސީރިއާ އަސްކަރިއްޔާގެ މައި މަރުަކަޒަށާއި ދިފާއީ ވުޒާރާއަށް ޔަހޫދީން ހަމަލާދީފި އެވެ.

Wamco

އިސްރާއީލުގެ އަސްކަރިއްޔާއިން ދާދި ދެންމެ އަކު ވަނީ ދިމިޝްގުގައި ހުންނަ ސީރިއާ ގެ އަސްކަރިއްޔާގެ މައި މަރުކަޒުގެ ދޮރުތަކަށް އަމާޒުކޮށް ހަމަލާދީފައިވާކަމަށް ބުނެފައި އެވެ. ޔަހޫދީ އަސްކަރިއްޔާއިން މިކަން އިއުލާނުކުރީ ސޫރިޔާގެ ވެރިރަށުން ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމުގެ ހަބަރުތައް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރަމުންދަނިކޮށެވެ.

މީގެ އިތުރުން ސީރިއާގެ ދިފާއީ ވުޒާރާއަށް ޑްރޯން ބޭނުންކޮށްގެން ޔަހޫދީން ހަމަލާދީފައިވާ ކަމަށް މިހާރު ބޭރުގެ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ސީރިއާގެ ދެކުނުގައި ޑްރޫޒް މެޖޯރިޓީ އޮންނަ ސުވައިދާ ސިޓީއަށް ހަމަލާތައް ދެމުން އަންނަ ކަމަށާއި، ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރަށް އޮތް ކަމަށެވެ.

މީގެ ކުރިން ސޫރިޔާގެ ދައުލަތުގެ ނިއުސް އެޖެންސީން ވަނީ އިސްރާއީލުގެ ޑްރޯންތައް އެ ސިޓީއަށް ހަމަލާދީ އާންމުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބުނެފައެވެ.

މި ހަމަލާތައް ފެށިފައިމިވަނީ ސީރީއާގައި އުޅޭ ޑްރޫޒް މުޖުތަމުއުއާއި ދެކޮޅަށް ސީރިއާ އަސްކަރިއްޔާއާއި ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން ހަމަލާދިނުމާއިއެކުގައި އެވެ.

ޑްރޫޒަކީ މައިގަނޑު ގޮތެއްގައި ސީރިއާ، ލުބުނާން އަދި އިސްރާއީލުގައި ދިރިއުޅޭ ގާތްގަނޑަކަށް އެއް މިލިއަން މީހުންގެ އަރަބި މުޖުތަމަޢެކެވެ. ސީރިޔާގެ ދެކުނުގައި، ސުވައިދާ ޕްރޮވިންސްގައި ޑްރޫޒް ގެ އަޣުލަބިއްޔަތު އޮންނަ އިރު، ސީރިޔާގައި ދިހަ ވަރަކަށް އަހަރު ވަންދެން ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައިގައި ކުރީގެ އަސަދުގެ ސަރުކާރުގެ ދެކޮޅު ފެކްޝަންތަކާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ މެދުގައި ބައެއް ފަހަރު އެ މުޖުތަމައު ފެނެ އެވެ. ދިގު މުއްދަތަކަށް ސީރިއާގެ ވެރިކަން ކުރެއްވި ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރެއްވުމަށްފަހު، އާ ރައީސް އަޙްމަދު އަލް ޝަރާ ވަނީ ސީރިއާގެ ތަފާތު ހުރިހާ މުޖުތަމަޢުތައް ޙިމާޔަތްކުރެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ހަރުކަށި ފެކްޝަންތަކުން ދަނީ ދީނީ މައިނޯރިޓީތަކާ ދެކޮޅަށް ހަރުކަށި ކުރިމަތިލުންތައް ހިންގަމުންނެވެ.

މިއާއިއެކު އެ ހަމަނުޖެހުންތައް އިތުރުވެ ޑްރޫޒު މުޖުތަމައުއަށް ބޮޑެތި ހަމަލާތަކެއް ސީރިއާގެ ހަރުކަށި ފިކުރުން ދެމުންދިޔުމާއިއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުގައި ތިބި ޑްރޫޒް ރައްޔިތުންނާ އެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން ސީރިއާގެ ޑްރޫޒް ރައްޔިތުންނާ އާއިލީ އަދި ތާރީހީ ގުޅުމުގެ ސަބަބުން ސީރިއާގެ ޑްރޫޒް މުޖުތަމައު ހިމާޔަތް ކުރުމަށް އިސްރާއީލުން މަސައްކަތް ކުރާނެކަން އިއުލާނުކޮށްފައި އެވެ.

އަދި މިއަދުގެ ހަމަލާތަކަކާއި އެސަބަބަށްޓަކައި އިސްރާއީލުން ސީރިއާގެ ވެރިކަމާއި ދެކޮލަށް ދެމުންދާ ހަމަލާތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside