logoEN
Sto top
އެމް.އެން.ޔޫގެ "އިނޮވޭޓިވް ހަބް"ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަނޑި އިތުރުކޮށްފި

އެމް.އެން.ޔޫގެ "އިނޮވޭޓިވް ހަބް"ގައި ބައިވެރިވުމަށް ހުށަހެޅުމުގެ ސުންގަނޑި އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

7/16/2025, 6:32:27 AM

# އެމްއެންޔޫ

--

ރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެމް.އެން.ޔޫ އިނޮވޭޓިވް ހަބް" ގައި ބައިވެރިވުމުގެ ސުންގަނޑި 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހަށް އިތުރުކޮށްފިއެވެ.

Wamco

"އެމް.އެން.ޔޫ އިނޮވޭޓިވް ހަބް" އަކީ އުފެއްދުންތެރި ވިޔާފަރި ފެށުމަށް ޝައުގުވެރިވާ އެމް.އެން.ޔޫގެ ދަރިވަރުންނަށް ބައިވެރިވުމަށް ޖުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި "އިނޮވޭޓީވް ހަބް" ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ އުފެއްދުންތެރި ޚިޔާލުތަށް ދެމެހެއްޓެނިވި، ކާމިޔާބު ވިޔަފާރިއަކަށް ބައްޓަންކޮށްދިނުމުގައި އެހީތެރިވެދިނުމެވެ.

"އިނޮވޭޓިވް ހަބް" މެދުވެރިކޮށް "ސީޑް ކެޕިޓަލް" ގެ ނަމުގައި ތިން ގިންތިއަކަށް ބަހައިލާގެން، 50،000 އާއި 500،000 ރުފިޔާއާއި ދެމެދުގެ މާލީ އެހީއެއް ފޯރުކޮއްދެވޭނެއެވެ.

• އެންމެ ކުޑަމިންވަރު-50،000 ރުފިޔާ

• މެދު މިންވަރު-225،000 ރުފިޔާ

• މަތީ މިންވަރު-500،000 ރުފިޔާ

މި "އިނޮވޭޓިވް ހަބް"ގެ އެންމެ ފުރުތަމަ މަރުޙަލާގައި އެންމެ ގިނަވެގެން ހޮވުމަށް ހަމަޖެހިފައިވަނީ 10 ދަރިވަރުންނެވެ. މި މަރުޙަލާގައި، ދަރިވަރުންނަށް ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން އިރުޝާދު ލިބިގެންދިޔުމާއެކު، އެމްއެންޔޫގެ ވަޞީލަތްތަށް ބޭނުންކުރުމުގެ ފުރުޞަތު ވެސް ލިގެންދާނެއެވެ. ނަމަވެސް، މި މަރުޙަލާގައި ދަރިވަރުނަށް ދޫކުރެވޭނީ މާލީ އެހީގެ 20-50 އިންސައްތައެވެ.

އެގޮތުން، ޕޮރޮޓޯޓައިޕް ޑިވެލޮޕްކުރުމާއި މާކެޓިކްނގ ރިސާޗް ހެދުން ފަދަ މަސައްކަތްތަކަށް ބަލައި ދަރިވަރުންނަށް ފައިސާ ދޫކުރެވެމުން ދާނެއެވެ.

އެމްއެންޔޫގެ "އިނޮވޭޓިވް ހަބް"ގެ ފަރާތުން ބޮޑަށް އިސްކަން ދެއްވާނީ އުފެއްދުންތެރި އަދި އީޖާދީ ޚިޔާލުތަކުގެ ގޮތުގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC