4000 ފްލެޓުގެ އެއްބަސްވުންތަކުގައި އަންނަ ހަފްތާގައި ސޮއިކުރަން ފަށަނީ
# މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ-
ކުރީ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރޭ ކުރިޔަށްދިޔަ "އަހާ" ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވި ފްލެޓްތަކާ ގުޅިގެން ހުށައެޅި މައްސަލަތަކާ ޝަކުވާތައް ބަލާ، މައްސަލައެއް ނެތި ފްލެޓް ލިބޭކަން ކަށަވަރުވާ މީހުންގެ ލިސްޓް އެކުލަވާލަމުންދާ ކަމަށާއި މި މަސައްކަތަށް ދިގު މުއްދަތެއް ހޭދަވަމުންދަނީ، ހުށައަޅާފަވާ މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް ގިނަ ދުވަސް ބޭނުންވާތީކަމަށެވެ.
އަދި މި މަޢުލޫމާތުތަކަކީ ސަރުކާރުގެ ކަމާގުޅޭ އެކި މުއައްސަސާތައް މެދުވެރިކޮށް ކަށަވަރުކުރާ މަޢުލޫމާތަށްވާތީ، އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފްލެޓުތައް ލިބޭ ފަރާތްތަކާއިއެކު ސޮއިކުރުން ކުރިއަށްގެންދިއުމުގެ އިންތިޒާމުތަކަކީވެސް އެވުޒާރާގެ އޮފީހުގައި ކުރިއަށްގެންދަން ފަސޭހަ މަސައްކަތަކަށް ނުވާތީ، ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށްވެސް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ހުރިހާ މަސައްކަތްތައް އެކުއެކީގައި ކުރިއަށްދާކަމަށާއި، ސަރުކާރުން ވަޢުދުވެފަވާގޮތަށް މިމަހުގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
އެގޮތުން ފުރިހަމަ އިންތިޒާމުތަކަކާއި އެކު އަންނަ ހަފްތާފައި އެގްރިމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެމަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިޔަށްގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުންހުރި

11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް އަލްޓެކަށް!

ހިތަދޫ ހުޅުދޫ - މީދޫ ލިންކް މަޝްރޫޢުގެ ޓެކްނިކަލް މަސައްކަތްތައް ޗައިނާ ކުންފުންޏަކަށް!

.gif&w=3840&q=75)



