
ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮތްވާ ފެނިއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތްލޫތުގެ ހަށިގަނޑު މާމިގިއްޔަށް ގެނައި ވަގުތު :-
އދ މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 15 އަހަރުގެ ކުއްޖާ ނިޔާވެފައި އޮތްވާ ފެނިއްޖެ އެވެ.

މިކަން އެރަށު ބަނދަރު ސަރަހައްދުގައި ހުރި ފަރާތަކުން ވަނީ ގާފަށް ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އެފަރާތުން ބުނީ ކުއްޖާގެ ހަށިގަނޑު ދާދި ދެންމެ އަކު ރަށަށް ގެނެސްފައިވާ ކަމަށާއި ކުއްޖާގެ ހަށިގަނޑު ފެނުނީ މޫދު އަޑިން ކަމަށެވެ. އަދި އެކުއްޖާ ފެނުނު އިރުވެސް އޮތީ ނިޔާވެފައި ކަމަށް އެކުއްޖާގެ ހަށިގަނޑު ރަށަށް ގެނައި ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
ފުލުހުން ދާދި ދެންމެއަކު ބުނީ ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ މާމިގިލީ ބޭރު މޫދުން ފެނިފައިވާ ކަމަށެވެ. އަދި ކުއްޖާ މިހާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ނަމަވެސް ކުއްޖާގެ ހާލަތާއި ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވައެވެ. އެގޮތުން ކުއްޖާ ބައްލަވާ ޑޮކްޓަރުގެ ބަހެއް ލިބުމުން އިތުރު ތަފްސީލް ދެއްވާނެ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި އދ މާމިގިލީ ކައިރިއަށް ފީނަން ގޮސް އުޅުނު 4 ކުދިންގެ ތެރެއިން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިރޭ 19:00 ހާއިރު އެވެ.
އެގޮތުން ގެއްލިގެން ހޯދަމުން ދިޔައީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ވަނަވަރު އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވާއިރު ގާފަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަކީ މާމިގިލީ ސްކޫލުގައި ގްރޭޑް 10 ގައި ތައުލީމް ހާސިލުކުރަމުންދިޔަ ލޫތު ނަމަކަށް ކިޔާ ކުއްޖެކެވެ.