logoEN
Sto top
އުނގޫފާރާއި ދިއްދޫ އަދި ތިނަދޫގައި އިސްލާމީ ކުތުބުހާނާތައް މިއަހަރު ނިމުމުގެ ކުރީން ގާއިމްކުރެވޭނެ!

އުނގޫފާރާއި ދިއްދޫ އަދި ތިނަދޫގައި އިސްލާމީ ކުތުބުހާނާތައް މިއަހަރު ނިމުމުގެ ކުރީން ގާއިމްކުރެވޭނެ!

އަހުމަދު ޝުރާއު

logo

7/13/2025, 6:17:22 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ތިން ރަށެއްގެ އިސްލާމީ މަރުކަޒުތަކުގައި މިއަހަރު ނިމުމުގެ ކުރީން އިސްލާމީ ކުތުބުހާނާތައް ގާއިމްކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Wamco

ޝަހީމް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ޝަހީމް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރ އުނގުރާފު، ހއ. ދިއްދޫ، ގދ. ތިނަދޫ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ޤާއިމު ކުރެވިގެންދާނެ ކަމަށާއި މާލެ އިސްލާމިކް ލައިބްރަރީ ކިޑްސް ކޯނަރ އަކާއި އިސްލާމިކް ބޭންކިނގއާއި އިސްލާމިކް ފައިނޭންސް ޚާއްޞަ ކޯނަރެއް ޤާއިމު ކުރެވޭނެ ކަމަށެވެ.

އަދި ރަސްމީ ގަޑިތަކުގެ އިތުރުން ހަވީރާއި ދެނަމާދު ދޭތެރެއާއެކު ރޭގަނޑު 9.30 ވަންދެން އިސްލާމިކް ލައިބްރަރީ މާލެ ގައި ހުޅުވުފައި ހުންނާނެ އިންތިޒާމް ހަމަޖެހިގެންދާނެކަންވެސް ޝަހީމް ވަނީ ހާމަކުރައްވާފައި އެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައި އެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside