logoEN
Sto top
ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި: 4 ގައުމުގެ 10 ބައިވެރިން ކާމިޔާބީއާއެކު ތަމްރީނު ފުރިހަމަކޮށްފައިވޭ!

ފޮރެންސިކް ޑައިވިންގ ކޯސް ނިންމާލައިފި: 4 ގައުމުގެ 10 ބައިވެރިން ކާމިޔާބީއާއެކު ތަމްރީނު ފުރިހަމަކޮށްފައިވޭ!

އަހުމަދު ޝުރާއު

logo

7/11/2025, 4:33:47 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ގެ ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެނަދިޔަ "އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް" ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ކެމްޕަހުގައި ބާއްވައިފިއެވެ.

Wamco

ހަތަރު ގައުމަކުން ބައިވެރިވި 10 ފުލުހުންވެސް ވަނީ މި ކޯސް ކާމިޔާބީއާއެކު ފުރިހަމަ ކޮށްފައެވެ.

މި ކޯހުގައި 5 ދިވެހި ފުލުހުނާއި، ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާއިން ބައިވެރިވި 5 ފުލުހުން ހިމެނެއެވެ. 40 ދުވަހުގެ މި ތަމްރީނު ކޯސް ފަށައިފައިވަނީ 2025 ޖޫން 1 ވަނަ ދުވަހު އެވެ. ނިމިފައިވަނީ ޖުލައި 10 ވަނަ ދުވަހުއެވެ.

މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލްކަން އިތުރުކޮށް، ފޮރެންސިކް ޑައިވިންގ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމަށް ކުރިއަށްގެންދިޔަ މި ކޯހުގައި، ތިން އިންސްޓްރަކްޓަރުން ކިޔަވައިދީފައިވާއިރު، އެހީތެރިވުމަށް ސަލާމަތީ ސުޕަވައިޒަރެއްވެސް ހަރަކާތްތެރިވެފައިވެއެވެ.

މިކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. ރަސްމިއްޔާތުގައި ކޯހުގައި ކިޔަވައިދެއްވި އިންސްޓްރަކްޓަރުންނަށާއި، ކޯހުގެ ކަންކަން ފަހިކޮށްދެއްވުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. އެހެނިހެން ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓަންޓް ކޮމިޝަނަރ އަހުމަދު ޢަބްދުއްރަޙްމާނާއި، ޗީފް އިންސްޕެކްޓަރ ސައީދު ޢަބްދުލް ޙަކީމެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވާހަކަފުޅު ދައްކަވަމުން، ކޯސް ނިންމި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ފޮރެންސިކް ޑައިވިންގ ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside