logoEN
Sto top
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޓެލެމެޑެސިންގ އާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޓެލެމެޑެސިންގ އާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

7/6/2025, 6:25:13 PM

# ފަސްޓް ލޭޑީ

-

ހއ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ދެ ޚިދުމަތް ފަށައިފި އެވެ.

Wamco

މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި އައު ހިދުމަތްތައްތައް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

އެގޮތުން މިއަދު ވަނީ އި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އެހޮސްޕިޓަލުގައި ރަސްމީކޮށް ފަށާފައި އެވެ.

މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކެއްވެސް މިއަދު ވަނީ އެ ހޮސްޕިޓަލްގައި އިފްތިތާޙްކޮށްފައެވެ. މިކްލިނިކު އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް މިރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްފައެވެ.

ފަސްޓް ލޭޑީ މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެހޮސްޕިޓަލުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside