logoEN
Sto top
މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި

އަހުމަދު ޝުރާއު

logo

7/5/2025, 8:17:09 AM

# އެމްބީއެސް

-

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.

Wamco

އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

އެމްބީއެސް އިން މައުލޫމާތު ދޭގޮތުގައި މި ހޮޓްލައިން ނަންބަރު ތަޢާރަފްކޮށްފައިވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އެގޮތުން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެގޮތް ހަމަޖެހިފައިވާނޭ ކަމަށް އެމްބީއެސްގެ އިއުލާންގައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside