logoEN
Sto top
ޔަޝްމުގެ މޮޅު ކުޅުމާއެކު ޖީ ޓައުން އެސްސީ އަތުން އާރުޑީއެލް އެސްސީއަށް ފަސޭހަ މޮޅެއް

ޔަޝްމުގެ މޮޅު ކުޅުމާއެކު ޖީ ޓައުން އެސްސީ އަތުން އާރުޑީއެލް އެސްސީއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

7/4/2025, 3:50:28 AM

# ދިވެހި ކުޅިވަރު # ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025# ކުޑަހުވަދޫ ސްޕޯޓްސް ކުލަބް

ޖީ ޓައުން އެސްސީ އާއި އާރުޑީއެލް އެސްސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

ކުޑަހުވަދޫގައި މިހާރު ކުރިއަށް ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025 ގެ ފިރިހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހެނދުނު ޖީ ޓައުން އެސްސީ އާއި އާރުޑީއެލް އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން އާރުޑީއެލް އިން ކާމިޔާބުކޮށްފިއެވެ.

Wamco

މުޅި މެޗުގައި ވެސް އާރުޑީއެލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 21 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 28-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ޖީ ޓައުން އެސްސީ ކުޅުނު ރަނގަޅުކުރިއިރު މިސެޓު އާރުޑީއެލް އިން ކާމިޔާބުކުރީ 13 ލަނޑުގެ ލީޑަކާއެކު 13-26 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުހައްމަދު ޔަޝްމު އެވެ.

4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި ފިރިހެން ޑިވިޝަނުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މި ޑިވިޝަންގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހުފައިވަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside