ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑްބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
# ދިވެހި ކުޅިވަރު # ކޭއެސްސީ ބީޗް ހޭންޑްބޯޅަ މުބާރާތް 2025ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑްބޯލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން..
ކުޑަހުވަދޫ ސްޕޯޓްސް ކުލަބު ފަރާތުން އިންތިޒާމުކޮށް ބާއްވާ "3 ވަނަ ބީޗް ހޭންޑު ބޯލް މުބާރާތް" ފެށުމުގެ ގޮތުން ޙާއްސަަ ރައްމިއްޔާތެއް ބުރާސްފަތި ދުވަހުގެ ހަވީރު ބާއްވައިފިއެވެ.

ކުޑަހުވަދޫ ސާފް ބީޗުގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޑަހުވަދޫ ކައުންސިލް މެންބަރު އަހުމަދު މައުރޫޕް އެވެ. އަދި މިރަސްމިޔާތުގައި މުބާރާތުގެ އެންމެ ފަހުގެ ދެޑިވިޝަންގެ ޗެންޕިއަންސް ޒޯރު އަދި ފެމެލީ ބޭކާސްގެ ކެޕްޓަނުން ވަނީ މުބާރާތުގެ ތަށި ދައްކާލާފައެވެ. އަދި މީގެ އިތުރުން މުބާރާތް ފެއްޓުމުގެ ގޮތުން ކުޑަކުދިންގެ ޚާއްސަ ބީޗް ހޭންޑްބޯޅަ މެޗެއް ވަނީ ކުޅެފައެވެ.
4 ޖުލައި 2025 އިން 6 ޖުލައި 2025 ގެ ނިޔަލަށް ދެޑިވިޝަނަކަށް ބަހާލައިގެން ކުޑަހުވަދޫގައި ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިހިރެން ހަ ޓީމާއި އަންހެން އަށް ޓީމެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ބައިވެރިވި ޓީމުތަކުގެ ތެރޭގައި ހިމެނެނީ އާރުޑީއެލް، އޮޑި ސްޕޯޓްސް ކުލަބު، ފެމެލީ ބޭކާރސް، ރޯޔަލް ސިޓީ، ބީސްޓް އެސްސީ އަދި ޖީ ޓައުން އެވެ. އަދި އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ އޭލެލްޓީ، ކުއީންސް، ކުލަބު ހުޅު، ވިދުވަރު އެސްސީ، ޖީ ޓައުން، ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ، ޔަންގް ސްޓާރ އަދި ކުޑަހުވަދޫ ސްޕޯޓްސް އެކަޑަމީ ޖޫނިއަރ އެވެ. މިމުބާރާތުގެ ދެ ޑިވިޝަނުގެ މެޗުތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ޓީމެއްް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ. މިމުބާރާތުގެ ފޮޓޮގުރަފީ އެންޑް ގުރެފިކްސް ޕާޓްނާގެ ގޮތުގައި ހޭންޑްބޯލް ނޭޝަން ހަމަޖައްސާފައިވާއިރު، ސްޓްރީމިންގ ޕާޓްނަރަކީ އިވެންޓްސް ކުޑަހުވަދޫ އެވެ. އަދި ކިޓް ޕާޓްނާއަކަށް މެނީ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ގާފު ސުޕޯޓްސް އެވެ.
ގުޅުންހުރި

ވާދަވެރި ކުޅުމަކަށްފަހު އޭއެލްޓީ ބަލިކޮށް ކުލަބު ހުޅުން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ބީސްޓް އެސްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާރުޑީއެލް ސެމީފައިނަލުން ޖާގަ ހޯދައިފި

ވާދަވެރި ކުޅުމަކަށްފަހު ކުއީންސް ބަލިކޮށް ޖީ ޓައުން އިން ފެށުން ރަނގަޅުކޮށްފި
