logoEN
Sto top
މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން 18 ދުވަހުން 400 އަށްވުރެ ގިނަ އުޅަނދު ޓޯވްކޮށްފި

މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުން 18 ދުވަހުން 400 އަށްވުރެ ގިނަ އުޅަނދު ޓޯވްކޮށްފި

އަހުމަދު ޝުރާއު

logo

7/2/2025, 10:26:15 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން 422 އުޅަނދު ޓޯކޮށްފިއެވެ.

Wamco

މިދިޔަ މަހުގެ 12ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުން އެކަނިވެސް 422 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން މަޖީދީ މަގުން އެކަނިވެސް 219 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ 216 ސައިކަލަކާއި، 2 ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ސައިކަލެވެ.

ބޮޑުތަކުރުފާނު މަގުން 203 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.

އޭގެ ތޭރޭގައި ހިމެނެނީ 164 ސައިކަލަކާއި، 38ކާރެއްގެ އިތުރުން ތަކުރާރުކޮށް ޕާކުކުރުމުގެ ސަބަބުން ޓޯކޮށްފައިވާ 1 ކާރެވެ.

އުޅަނދުތައް ޕާކުކުރުމުގައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރަމުން އަންނައިރު މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ޓޯކޮށްފައިވާ 568 އުޅަނދުތަކެއް ފުލުހުން ވަނީ ނައްތާލާފައެވެ.

ނައްތާލި އުޅަނދުތަކުގެ ތެރޭގައި ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނެއެވެ.

ނިމުނު 2024ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ. ފުލުހުން ވިދާޅުވީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އަމާޒަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު އުފެދިގެން ދިއުންކަންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside