logoEN
Sto top
އައު ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދޭ 300 މުވައްޒަފުންނަށް ޚާއްސަ ތަމްރީނުތަކެއް!

އައު ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދޭ 300 މުވައްޒަފުންނަށް ޚާއްސަ ތަމްރީނުތަކެއް!

އަހުމަދު ޝުރާއު

logo

6/30/2025, 1:05:36 PM

# ވީއައިއޭ

--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދޭ 300 މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފިއެވެ.

Wamco

މިއީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާއިރު ހިދުމަތް ދޭ މުވައްޒަފުންނަކީ އެތަނުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހެމާންދާރީއާއެކު މުޢާމަލާތްކޮށް ހިދުމަތް ދޭނެ ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗު ކުރިއަށްދާނީ 9 ޖުލައި 2025ގެ ނިޔަލަށެވެ. މި ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެއެވެ. އޭގެ ތެރޭގައި އާ ޓާމިނަލުގައި ހިދުމަތް ދިނުމަށް އަލަށް ނެގި މުވައްޒަފުންނާއި މިހާރުގެ ޓާމިނަލުގައި ހިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނެއެވެ.

މި ތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމާ ސާވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކޯޗް މަސްޢޫދު ޢަލީއެވެ.

މި ތަމްރީނުތަކާ ގުޅޭ ގޮތުން ފަސިންޖަރ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާޤު ވިދާޅުވީ އެއާޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށެވެ. އެގޮތުން އާ ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެތަނުގެ މުވައްޒަފުންނަކީ ފަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުޅަދާނަ އަދި ގާބިލް މުވައްޒަފުންނަށް ހެދުމަށް އެމް.އޭ.ސީ.އެލުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

އެމް.އޭ.ސީ.އެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓަރމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ޚިދުމަތަކީވެސް މަތީ ފަންތީގެ ޚިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން މި ކަސްޓަމާ ސާވިސް ޓްރައިނިން ޕްރޮގްރާމަކީ އެމް.އޭ.ސީ.އެލްގެ ކޮންމެ މުވައްޒަފަކީ ޚިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމުގައި މިސްބާޙް ވިދާޅުވިއެވެ.

މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ކުރިއަށް ދާއިރު އެކިދާއިރާތަކުން މުއައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside