
އައު ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ ސަލާމަތީ ނިޒާމްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ޑާސާއިން ފަށައިފި
# ވީއައިއޭ-
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ ސަލާމަތީ ނިޒާމްތައް ޓެސްޓްކޮށް އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ދިފާޢީ ވުޒާރާގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޜަން އިން މިއަދު ފަށައިފިއެވެ.

ސަލާމަތީ ނިޒާމްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އެމް.އޭ.ސީ.އެލް އާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް، ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލެވިގެންނެވެ.
އެގޮތުން މިއަދުގެ އިންސްޕެކްޝަންގައި މި ޓާރމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީ.ސީ.ޓީ.ވީ ނިޒާމް ބަލައި ޓެސްޓް ކުރެވިފައިވެއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިންގ އަދި ބެގޭޖް ހޭންޑްލިންގ ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިންގ ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމާއެކު އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރުމުގެ މަސައްކަތުގެ އިތުރުން މި ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ އިކުއިޕްމެންޓް ތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީ.ސީ.ޓީ.ވީ ނިޒާމް ބޭނުންކުރުމުގެ އެސް.އޯ.ޕީ ތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ދިފާއީ ވުޒާރާއިން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވާ ގޮތަށް ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާރމިނަލް ހުޅުވުމަށްޓަކައި ދިފާޢީ ވަޒީރުގެ އިރުޝާދުގެ ދަށުން ދިފާޢީ ވުޒާރާ އިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ތާވަލް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ގުޅުންހުރި

އައު ޓާރމިނަލްގައި ޤާއިމު ކުރެވިފައިވާ ސަލާމަތީ ނިޒާމްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ޑާސާއިން ފަށައިފި

ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި ކާގޯ އޮޕަރޭޝަންތައް ހަލުވިކުރަން އެއްބަސްވުމެއް!

ވީއައިއޭގެ އައު ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިންގ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި
