logoEN
Sto top
އައު ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް - ސިވިލް އޭވިއޭޝަން އޮތޯރިޓީ

އައު ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް - ސިވިލް އޭވިއޭޝަން އޮތޯރިޓީ

އަހުމަދު ޝުރާއު

logo

6/30/2025, 12:02:22 PM

# ސިވިލް އޭވިއޭޝަން އޮތޯރިޓީ# ވީއައިއޭ

--

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފުރިހަމަ ތަނެއް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

Wamco

ޖުލައި 26 ގައި އައު ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، އައު ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް އެމް.އޭ.ސީ.އެލްއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ ޓުއާތަކެކެވެ.

އެގޮތުން އިއްޔެ ވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީ.އޭ.އޭ)ގެ ޓީމަކަށް އާ ޓާމިނަލް ދައްކާލައި، މައުލޫމާތު ދީފައެވެ. މި ޓުއާގައި ސީ.އޭ.އޭ ޓީމުގައި ހިމެނިވަޑައިގެންނެވި މެންބަރުންގެ ސުވާލުތަކަށް އޮރާޓު ޓީމުގެ ފަރާތުން ޖަވާބު ދީފައިވެއެވެ.

މި ޓުއާއަށްފަހު، އައު ޓާމިނަލަށް ހާއްސަކޮށްގެން އެމް.އޭ.ސީ.އެލް އިން ސިލްސިލާކޮށް ގެނެސްދޭ ވީޑިއޯ ސެގްމަންޓުގައި ވާހަކަ ދައްކަވަމުން ސީ.އޭ.އޭގެ އެއަރ ޓްރާންސްޕޯޓްގެ ޑިރެކްޓަރު ޢަބްދުﷲ ރަޝީދު ވިދާޅުވީ، އައު ޓާމިނަލްގެ ހުރިހާ ކަމެއްވެސް ހުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމަ ކުރެވިފައި ކަމަށެވެ.

އެކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ޖުމުލަކޮށް އައު ޓާމިނަލް ބޭނުންކުރައްވާ ހުރިހާ ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.

މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައި ފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside