logoEN
Sto top
 ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމައިފި

ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

6/24/2025, 11:17:35 AM

# ރައީސް މުއިއްޒު

--

ޙާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނަ ބޮޑުކުރަން ނިންމައިފި އެވެ.

Wamco

މިކަން ހާމަކުރެއްވީ ދާދި ދެންމެ އަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދު ވެފައިވާ ފަދައިން ޙާފިޒުންނަށް ދޭ އެލަވަންސް 1 ޖުލައި 2025 އިން ފެށިގެން ދެ ގުނަ އަށް ބޮޑު ކުރުމަށް މި ހަފްތާގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ ކަމަށެވެ.

އަދި ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހާފިޒުންގެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000 ރުފިޔާއެވެ. ނަމަވެސް މި އެލެވަންސް ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމެވުމާއި އެކު ހާފިޒުންނަށް އަންނަ މަހުން ފެށިގެން އެލަވަންސްގެ ގޮތުގައި 4،000 ރުފިޔާ ލިބޭނެ އެވެ.

ހާފިޒުންނަށް ދެމުންދާ އެލަވަނަސް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެރަށުގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ހާފިޒުންނަށް މިދިޔަ އަހަރުން ފެށިގެން ވަކީން ޚާއްސަ ދަސްވެނިވުމުގެ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ފަށާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside