logoEN
PNC TOP 3
އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލަތަކަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެއް - ހަލީލް

އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލަތަކަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެއް - ހަލީލް

އަހުމަދު ޝުރާއު

logo

6/24/2025, 11:45:21 AM

# ރާއްޖެ - އިރާން

--

އީރާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އަލިރެޒާ ދެލްކޮޙްޝް، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

PNC MID 2

މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އެރުވުމުން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި އިރާންއާ ދެޤައުމުގެ ދެމެދު އޮންނަ އަޙުވަންތަކަމުގެ ގުޅުން އެމަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި އިތުރަށް ބަދަހި ކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެރުވިއެވެ.

ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުގެ ވާހަކަފުޅުގައި، އީރާންއަށް އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މި ޙަމަލާތަކަކީ މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހަލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޖް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާޠިމަތު ނަޢީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާޠިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC