logoEN
PNC TOP 3
ދައުލަތުގެ އާމްދަނީ.17 ބިލިއަން ރުފިޔާއަށް އަރައިފި: މިއީ 6 އިންސައްތައިގެ ކުރިއެރުމެއް!

ދައުލަތުގެ އާމްދަނީ.17 ބިލިއަން ރުފިޔާއަށް އަރައިފި: މިއީ 6 އިންސައްތައިގެ ކުރިއެރުމެއް!

އަހުމަދު ޝުރާއު

logo

6/21/2025, 11:43:28 AM

# މާލީ ވުޒާރާ

-

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 12 ޖޫން 2025ގެ ނިޔަލަށް 17.0 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތަ އިތުރުވެއްޖެއެވެ.

PNC MID 2

ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ޖުމްލަ 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، މީގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 88.5 އިންސައްތަވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 އިންސައްތަވަނީ އިތުރުވެފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ 44.5 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ގާތްގަނޑަކަށް 9 އިންސައްތައިން އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިން އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ 42.9 އިންސައްތައިން އިތުރުވެފައެވެ.

އެހެންކަމުން، އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރެވިގެން ދިއުމާއެކު އެކަމުން ފެންނަންޖެހޭ އެދެވޭ އަސަރު މިހާރުދަނީ ފެންނަމުންނެވެ. އަދި މި އަދަދުތަކުން ޓެކުހުގެ ރޭޓުތަކަށް ގެނެވުނު ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ނޭދެވޭ އަސަރެއްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC