
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މޫދު ފެސްޓު" ކުރިޔަށްދަނީ
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ--
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކަކާއި އެކު "މޫދު ފެސްޓް" ފެށިގެން ކުރިޔަށް އެބަދެއެވެ.

މި ހަރަކާތް ކުރިއަށް ދަނީ މިއަދު ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި މެންދުރު 1 ފެށިގެން ހަވީރު 5 އާއި ހަމައަށެވެ.
"މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވި އެވެ.
މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މޫދު ފެސްޓުގައި އެންމެ މުހިންމު ކަމެއްގެ ގޮތުން އޮތީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ ޑިސްކަވާ ޑައިވް ހަރަކާތެވެ. މިހަރާކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު ބައިވެރިވެވަޑައިގެންނެވި އެވެ. ޑިސްކަވާ ޑައިވް ހަރަކާތުގައި 40 ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމެވެ. މި އިވެންޓްގެ ހުރިހާ ބައިވެރިންނަށާއި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަނީ ހަނދާނީ ސެޓްފިކެޓް ދީފަ އެވެ.
ގުޅުންހުރި

ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

40 ކުދިންނާއިއެކު ޑިސްކަވާ ޑައިވް ހަރަކާތް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މޫދު ފެސްޓު" ކުރިޔަށްދަނީ
