
ފަގީރުކަން ނައްތާލުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރުމަށް ކަނޑުން ލިބޭ ކާނާ މުހިންމު!
# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ-
ފަގީރުކަން ނައްތާލުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރުމަށް ކަނޑުން ލިބޭ ދެމެހެއްޓެނިވި ކާނާ އާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުން މުހިންމު ކަމަށް ދިވެހިރާއްޖެއިން ގޮވާލައިފި އެވެ.

ޔޫއެންއޯސީ3 ގައި ބޭއްވުނު އޯޝަން އެކްޝަން ޕެނަލްގައި، ވާހަކަދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރަގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވަނީ ފަޤީރުކަން ނައްތާލުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމަށް ކަނޑުން ލިބޭ ދެމެހެއްޓެނިވި ކާނާގެ ދައުރު ކުރިއެރުވުމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ.
ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސައިން ޝަރީފް ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް ބަރޯސާވަނީ ކަނޑުން ލިބޭ ކާނާގެ ނިޒާމުތަކަށް ކަމަށެވެ. އަދި ކަނޑުން ލިބޭ ކާނާ އާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކުދި މިނުގެ މަސްވެރިކަމަކީ ކާނާއާއި، ދިރިއުޅުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބޮޑަށް ބަލައިގަތުމަށް ގޮވާލެއްވިއެވެ. ޚާއްޞަކޮށް ކުދި ޖަޒީރާ ޤައުމުތަކުގެ އަމިއްލަވަންތަކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަނޑާ ވަކިނުކުރެވޭ މިންވަރަށް މިކަން މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ގުޅުންހުރި

ގައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 14 މަސްވެރިއަކަށް ލޯނު ދޫކޮށްފި

40 ކުދިންނާއިއެކު ޑިސްކަވާ ޑައިވް ހަރަކާތް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މޫދު ފެސްޓު" ކުރިޔަށްދަނީ
