logoEN
Sto top
ބައިނަލްއަގުވާމީ މައިދާންތަކުގައި ކުދި މަސްވެރި ސިނާއަތުގެ ވާހަކަ ދައްކަން ޖެހޭ: ޝިޔާމް

ބައިނަލްއަގުވާމީ މައިދާންތަކުގައި ކުދި މަސްވެރި ސިނާއަތުގެ ވާހަކަ ދައްކަން ޖެހޭ: ޝިޔާމް

އަހުމަދު ޝުރާއު

logo

6/14/2025, 5:30:51 AM

# މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

--

ކުދި މަސްވެރިންގެ ސިޔާސަތާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްއަގުވާމީ މައިދާންތަކުގައި ދައްކަންޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

Wamco

ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސް ނަގައިގެން ދެމެހެއްޓެނިވިގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމާ ގުޅޭ ހާއްސަ ބައްދަލުވުމުގައެވެ.

މި ސެޝަންގައި ވާހަކަ ދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކުދި މަސްވެރިން ސިޔާސަތާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްއަގުވާމީ މައިދާންތަކުގައި ދައްކަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކުދި މަސްވެރިކަމުގެ ވާހަކަ އަންނަނީ ބައިނަލްއަގުވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައިކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިކަން ބަދަލުވާން ޖެހޭ ކަމަށެވެ.

ކުދި މަސްވެރިކަން ކުރާ ފަރާތްތައް ތިބީ ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގައި ކަމަށާ މިކަން ބަދަލުވާން ޖެހޭ ކަމަށް ފާހަގަކުރެއްވައި، ސައިންސާއި ޓެކްނޮލޮޖީގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

މި ސެޝަންގައި ސަރުކާރުތަކުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން (އެސް.އެސް.އެފް) މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ދިރާސާކޮށްފަ އެވެ. ކަމާބެހޭ ކޭސް ސްޓަޑީސްތަކާއި ތަޖުރިބާކާރުންގެ މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside